ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް: ރައީސް ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރި ފުލުހުން އުފެއްދުން: ރައީސް ތެލާއި ކާބޯތަކެއްޗަށް ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް މުއިއްޒު ނިއުޒީލެންޑުގެ ތަރައްގީއާއި

ފުޓްބޯޅައިގެ ސަބަބުން މުޖުތަމައުގެ އެންމެން އެކަތިގަނޑަކަށް ހަދައި، ބަދަހި ގުޅުމެއް އުފެދުމުން އަންނަން އޮތް ޖީލުތަކަށް އުންމީދާއި ހިތްވަރު ލިބިގެންދާކަމީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ އިތުރުން، އެ ކުޅިވަރުގެ ތަރައްގީ މުޅި ރާއްޖެއަށް ލާމަރުކަޒީ ކުރުމަށްޓަކައި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ބަދަލުތައް މިހާރު ގެނެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމާއި، ކުޅިވަރުގެ ސަގާފަތް ދިރުވައި އާލާކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ