ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެންމެން އަރަފާތު ބިމަށް ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖުގެ އަޅުމަށް ސައުދީގައި ތިބި ހުރިހާ ހައްޖުވެރިން އަރަފާތަށް ދިއުމަށް ދަތުރު ފަށާނީ އެ ގައުމުގެ ގަޑިން 9:00 އިން ފެށިގެން ކަމަށެވެ.
ރާއްޖެއަށް ވުރެ ސައުދީ ގަޑި އުޅެނީ ދެ ގަޑިއިރެއްހާއިރު ފަހަތުގަ އެވެ.
ޝަކީލް ވިދާޅުވި ގޮތުގައި މިރޭ ފަތިސްވާންވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތަށް ދެވޭނެ އެވެ.
"ދުއާ އަކީ މާތް ﷲ ގެ ތަނަވަސް ރަހުމަތުން މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ މުސްލިމް އަހުންނާއި އުހުތުންނަށް މަބްރޫރު ހައްޖެއް މިންވަރުކުރެއްވުން،" ޝަކީލް ވިދާޅުވި އެވެ.
މާދަމާ އަކީ ދެ މިލިއަނެއްހާ މީހުން އަރަފާތަށް ޖަމާވެ ހައްޖުގެ އެންމެ މުހިންމު ރުކުން ފުރިހަމަކުރާ ހާއްސަ ދުވަހެވެ.
މިއަހަރު ރާއްޖެއިން 1،019 މީހަކު ހައްޖުގެ އަޅުކަމަށް ދިޔަ އެވެ.
ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.
ހައްޖުވެރިން އަރަފާތަށް ފުރުން ސައުދީ ގަޑިން މިރޭ 9 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ