ރާއްޖެއާ ތައިލެންޑާ ދެމެދު ސީދާ ދަތުރުތައް ބާއްވާ އެއާލައިނެއް ކަމަށްވާ ތައިލެންޑުގެ ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފިއެވެ.
ބެންކޮކުގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވަމުންދިޔަ އެ އެއާލައިނުން ދަތުރުތައް މެދުކަނޑާލިކަން ހާމަކުރެއްވީ އިނާ މޯލްޑިވްސްގެ ވެރިޔާ އަހުމަދު ފިރާގު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފިރާގު ވިދާޅުވީ، މި އަހަރު އެ އެއާލައިނުން ރާއްޖެއަށް ދަތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އުންމީދަކީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އަލުން އެ އެއާލައިނުން ދަތުރުތައް ފެށުން ކަމަށް ވިދާޅުވިއެވެ.
ފިރާގު ހާމަކުރެއްވި ގޮތުގައި އެ އެއާލައިނުން މަހެއްގެ މައްޗަށް 2000 ފަތުރުވެރިން ރާއްޖެއަށް ގެންނަމުންދިޔައެވެ.
ބެންކޮކް އެއާވޭސްގެ ދަތުރުތައް މި އަހަރަށް މެދުކަނޑާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ގަތަރު އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަަން ރާވަމުންދާކަމީ އުފާވެރި ހަބަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވި ރާއްޖޭޣެ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19އާ ހެދި ކުރިމަތިވި ފުރަބަންދުގެ ތެރޭގައި މާޗު 2020ގައި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް އޭރު ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފެށީ ޖުލައި 2022 ގައެވެ. އޭރު އެ އެއާލައިނުން ހަފްތާއަކު ހަތަރު ދަތުރު ކުރިއެވެ.
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ