ރެޑްވޭވްގެ ފިހާރަތައް ނެތިއްޔާ ބާޒާރުގަ މުދަލުގެ އަގު އުފުލޭނެކަމަށް "ސަލީމްބެ" ބުނާ ބުނުމުގެ ތެދުކަން ފެނިހާމަވެއްޖެ!

"ރެޑްވޭބްގެ ފިހާރަތައް ނެތްނަމަ، ރެޑްވޭވްގެ ފިހާރަތަކުން އަގުހެޔޮކޮށް މުދައު ނުވިއްކާނަމަ ބާޒާރުގައި މުދަލުގެ އަގު 40، 50 އިންސައްތައަށް އުފުލިގެންދާނެކަމަށް ރެޑްވޭވް ގްރޫޕުގެ ޗެއާމަން އަޙްމަދު ސަލީމް ވިދާޅުވާ ވިދާޅުވުމުގެ ތެދުކަން ސާބިތުވެއްޖެއެވެ. 
ރެޑްވޭވަށް އެތެރެކޮށް ވިއްކާ ނިޔުޒީލަންޑުގެ މަޝްހޫރު ހިކިކިރު "މަޖާން" މަރުކާގެ ހިކިކިރު ރެޑްވޭބްގެ ފިހާރަތަކުން ވިއްކި އަގަށްބަލާއިރު 2.25 ކިލޯގެ ޕެކެޓެއް ރީޓޭލްކުރީ 255 ރުފިޔާ އަށެވެ. 
މަޖާން ކިތުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވަނިކޮށް މުދައުލިބުމުގައި ދަތިތަކެއް ކުރިމަތިވެ ސްޓޮކް ހުސްވުމުން ބާޒާރުން 2.25 ކިލޯގެ ހިކިކިރު ޕެޓެއް ލިބެން ހުރީ 320 ރުފިޔާއަށްވުރެ އަގުބޮޑުކޮށެވެ. ޕެކެޓަކުން 65 ރުފިޔާ ބޮޑު އަގުގައެވެ. އެހެންކަމުން "ސަލީމްބެ" ވިދާޅުވާ ބަސްފުޅުގެ ތެދުކަން ހަމައެކަނި މިއައިޓަމުންވެސް މިވަނީ ހާމަވެފައެވެ. 
ރެޑްވޭބް ފިހާރަތަކުގައި ކުރިއަށް ގެންދާ ރޯދަ ސޭލަށް ކަސްޓަމަރުންގެ އެހައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެންމެ ބޮޑު ސަބަބަކީ އެއްތަނަކުން އެންމެ ގިނަބާވަތުގެ މުދައު ގަންނަން ލިބިފައި، މުދަލުގެ ފެންވަރު ރަނގަޅުވެފައި އަގުހެޔޮވުންކަން ކަސްޓަމަރުން ކޮންމެ އަހަރަކުވެސް ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ