ޓާޓާގެ 'ލަގްޒާވަން' އެޕާޓްމަންޓުތައް ހަވާލުކުރަން ތައްޔާރުވަނީ

ޓާޓާ ހައުސިން އިން ރާއްޖޭގައި އަޅަމުން އަންނަ 'ލަގްޒާވަން' އެޕާޓްމަންޓުތައް ހަވާލުކުރުމުގެ މަރުހަލާއާ ކައިރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ލަގްޒާވަން އިމާރާތްކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ ހަވާލުކުރުމުގެ ކުރިން އެޕާޓްމަންޓުތައް ނިންމުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތެވެ.
ލަގްޒާވަންގެ ގިނަ ޔުނިޓްތައް ވިއްކާފައިވާއިރު، އެ ތަނުން ތަނެއް ހޯދަން ބޭނުންވާ ފަރާތްތަކަށް އަދިވެސް ނުވަ އެޕާޓްމަންޓް ލިބެން އެބަހުއްޓެވެ.
މަޖީދީމަގުގެ އެންމެ މުހިންމު އެއް ސަރަހައްދު، އޯޑިއޯން ސިނަމާ ކުރިން ހުރި ބިމުގައި ތަރައްގީކުރާ ލަގްޒާވަންގައި ހުންނާނީ ޒަމާނީ އެންމެހާ ވަސީލަތްތަކާ އެކު ތައްޔާރުކޮށްފައިވާ ތަނަވަސް އެޕާޓްމަންޓްތަކެކެވެ. މާލޭގައި އުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަންކްޝަނަލިޓީ އާއި ސްޓައިލަށް ސަމާލުކަންދީގެން ފަރުމާކޮށްފައިވާ މި ތަނުން ރަނގަޅު ވަސީލަތްތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި:
އެންމެ ޒަމާނީ ފިޓްނަސް އިކުއިޕްމަންޓްތަކާ އެކު ޖިމެއް
ޓެރަސްގައި ބޮޑު ޕޫލެއް
ކުޑަކުދިންނަށް ކުޅެ ހެދުމަށް ހާއްސަ ސަރަހައްދެއް
ކަނޑުގެ ވައި ލިބޭ ގޮތަށް ހުންނަ، އަރާމުކޮށްލަން ތިބެވޭނެ ސަރަހައްދެއް
ޓާޓާ ހައުސިން އިން ސޯސަންމަގުގައި ތަރައްގީކުރަމުން އަންނަ 'ލަގްޒެރާ'ގައި ހުންނާނީ ކަސްޓަމަރުންގެ ފަސޭހައަށް ފަރުމާކޮށްފައިވާ 3+1 ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އާއިލާތަކަށާއި މަސައްކަތް ކުރާ ފަރާތްތަކަށް އެކަށޭނަ ލޭއައުޓްތަކާ އެކު، ކުރިން ނާދީ ހުރި ބިމުގައި ތަރައްގީކުރާ އެޕާޓްމަންޓުތަކުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު މިހާރު ވެސް ލިބޭނެ އެވެ.
މި ދެ ތަނުން އެޕާޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެޗްޑީއެފްސީ މެދުވެރިކޮށް ވެސް އެ ތަންތަން ގަނެވޭނެ
7971112އާ ގުޅައިގެން އިތުރު މައުލޫމާތު ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ