ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އަންނަ އާދިއްތަ ދުވަހު މެލޭޝިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ރައީސް މެލޭޝިއާއަށް ވަޑައިގަންނަވަނީ މި މަހުގެ 27 އިން 30 އަށް ކަމަށެވެ.
ތަފްސީލް - މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ރައީސް އޮފީހުން ބުނިގޮތުގައި، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
ރައީސްގެ ދަތުރުފުޅުގައި
މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ
އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދު ހިޔާލު ބަދަލުކުރައްވާނެ
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގައި ދަރުހެއް ދެއްވާނެ
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުން ހުރި ފަހުމުނާމާތަކުގައި ދެ ގައުމުގެ ދެމެދު ސޮއިކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން އިންތިޒާމު ކުރާ ބިޒްނަސް ފޯރަމްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި ވަޒީފާ އަދާކުރަން ވެސް ދިރިއުޅޭ ގައުމެކެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ