ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯނު ފައިނަލްތައް ފަށަން ތައްޔާރުވެފައިވާއިރު، އަށް ޒޯނު ފައިނަލް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. މި ފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމު ޔަގީންވެފައިވާއިރު، ޗެމްޕިއަންކަން ހޯދި ގިނަ ޓީމުތަކެއް ވަނީ މީގެ ތެރޭގައި ހިމެނެ އެވެ.
އެ ގޮތުން، މިރޭ ހަތަރު ޒޯނެއްގެ ފައިނަލު ކުޅޭއިރު، 20:00 ޖަހާއިރު ފަށާނީ، ޒޯން ހައެއްގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ގަމެވެ. އަދި، އެ ވަގުތު ފަށާ އަނެއް ފައިނަލަކީ، ޒޯން އަށެއްގައި، ވިލިމާލެ އާއި މައްޗަންގޯޅި ކުޅޭ މެޗެވެ.
މިރޭ، ދެން ކުޅެން ހަމަޖެހިފައިވާ ދެ ފައިނަލުގެ ތެރެއިން އެއް ފައިނަލަކީ، ޒޯން ތިނެއްގެ ފައިނަލުގައި، ބ. އޭދަފުށްޓާއި ކ. ކާށިދޫ ކުޅޭ މެޗެެވެ. އެ މެޗު، ފަށާނީ މިރޭ 22:00 ގަ އެވެ. އަދި، އެ ވަގުތު، ދެން ކުޅޭނީ ޒޯން ފަހެއް ފައިނަލުގައި، ފ. ދަރަނބޫދޫ އާއި ދ. ކުޑަހުވަދޫ އެވެ.
ޒޯން ހައެއްގެ ފައިނަލުގައި ތިމަރަފުށްޓާއި ގަން ވާދަކުރާއިރު، މި ދެ ޓީމު ޒޯން ބުރުގައި ކުޅުނު މެޗުން، 1-0 އިން ގަން ވަނީ މޮޅުވެފަ އެވެ. ގަމަކީ މިދިޔަ އަހަރު މި ޒޯނުގެ ޗެމްޕިއަނުންނެވެ. އެއީ ފައިނަލުގައި، ތިމަރަފުށި އަތުން 2-1 އިން މޮޅުވެގެންނެވެ. ގަމަކީ އެއް ފަހަރު މި މުބާރާތުގެ ތަށި ހޯދުމުގެ އިތުރުން، ދެ ފަހަރު ޝީލްޑް ކާމިޔާބުކުރި ޓީމެކެވެ. އަނެއްކޮޅުން، ތިމަރަފުށިން ވަނީ ތިން ފަަހަރު މި ތަށި ހޯދައިފަ އެވެ.
މިދިޔަ އަހަރު ސެމީ ފައިނަލަށް ދަތުރުކުރި ވިލިމާލޭން ޒޯން ފައިނަލުގައި ވަނީ މާފަންނު އަތުން ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި، ވިލިމާލެ ބަލިވީ މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިންނެވެ. މި ފަހަރުގެ ޒޯން ފައިނަލުގައި ވިލިމާލޭން މައްޗަންގޯޅިއާ ކުޅޭއިރު، މި ދެ ޓީމުން ޒޯން ބުރުގައި ކުޅުނު މެޗުން ވިލިމާލެ މޮޅުވީ 7-1 އިންނެވެ.
މިއީ، ގޯލްޑަންގެ ޒޯން ބުރުގައި، މިދިޔަ ތިން އަހަރު ތެރޭ، އޭދަފުށްޓާއި ކާށިދޫ ކުޅޭ ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޒޯން ބުރުގައި، އޭދަފުށިން ވަނީ 3-0 ކާށިދޫ ބަލިކޮށްފަ އެވެ. މި ފަަހަރުގެ ޒޯން ބުރުގައި، ކާށިދޫ އަތުން އޭދަފުށި މޮޅުވީ، 7-4 އިންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން، އޭދަފުށިން މިހާތަނަށް ޒޯން ތަށްޓެއް ހޯދީ އެންމެ ފަހަރަކު އެވެ.
ޒޯން ފަަހެއްގެ އެންމެ ފަހުގެ ޗެމްޕިއަން، ކުޑަހުވަދޫން މި ފަހަރުގެ މުބާރާތުގައި މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދަމުން އަންނައިރު، ޒޯން ފައިނަލުގައި ކުޅޭނީ، ފ. އަތޮޅު ޗެމްޕިއަން، ދަރަނބޫދޫއާ އެެވެ. ދަރަނބޫދޫއާ ދެކޮޅަށް ޒޯން ލީގު ބުރުގެ ފަހު މެޗުގައި ކުޑަހުވަދޫން ކުޅުނު މެޗުގައި މޮޅުވީ 6-2 އިންނެވެ. މިއީ، ޒޯން ބުރުގައި ދަރަނބޫދޫ ކުޅޭ ފުރަތަމަ ފަހަރެެވެ.
ގޯލްޑަންގަައި ވަރުގަދަ ހަތަރު ޒޯނަކުން ފައިނަލްތައް ފަށަނީ ގޯލްޑަންގަައި ވަރުގަދަ ހަތަރު ޒޯނަކުން ފައިނަލްތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ