މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓަށް ވުރެ %9 ކުރިއަރައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 30ގެ ނިޔަލަށް، އެ މަސް ތެރޭ:
192،058 ފަތުރުވެރިން ވަނީ އައިސްފައި
އެއީ މިދިޔަ އަހަރުގެ އޮގަސްޓުގައި އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު %9 އިތުރު އަދަދެއް
މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 176،175 ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ޖުމްލަ 1.49 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ބުނީ، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،100އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން:
ޖުމްލަ މީހުންގެ %73.4 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި
ޓޫރިސްޓުންގެ %21.9 މީހުން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރޭ
ހޮޓާ އަދި ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރަނީ ރާއްޖެ އަންނަ ފަތުރުވެެރިންގެ %2 މީހުން
މިދިޔަ އަށް މަހު އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމަކީ:
ޗައިނާ - 235،245 ފަތުރުވެރިން
ރަޝިއާ - 177،581 ފަތުރުވެރިން
އިނގިރޭސިވިލާތް - 134،114 ފަތުރުވެރިން
އިޓަލީ - 106،230 ފަތުރުވެރިން
ޖަރުމަނު - 102،496 ފަތުރުވެރިން
އިންޑިއާ - 85،045 ފަތުރުވެރިން
އެމެރިކާ - 43،560 ފަތުރުވެރިން
ފްރާންސް - 40،979 ފަތުރުވެރިން
ސެޕެއިން - 34،132 ފަތުރުވެރިން
ސްވިޓްޒަލެންޑް - 27،122 ފަތުރުވެރިން
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %9 އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ