ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 1) - އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 600 އަށްވުރެ ގިނަ މީހުން މަރުވެ 1،500 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ރިކްޓާ މިންގަނޑުން ހައެއްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި އެ ގައުމުގެ އިރުމަތީ ދެ ޕްރޮވިންސް ކަމަށްވާ ކުނާރު އަދި ނަންގަހާރުން ވަނީ 622 މީހުން މަރުވެފަ އެވެ. އެތަކެއް ގެއެއް ވެސް މި ބިންހެލުމުގައި ވަނީ ސުންނާފަތިވެފަ އެވެ.
ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެ ގައުމުގެ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް، އެ ސަރަހައްދުތަކަށް ވާސިލުވުމަށް ދަތިތަކެއް ހުރި ކަމަށް އިދާރާތަކުން ބުނެ އެވެ.
ތާލިބާނުން ހިންގާ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވެގެން އެކަން އަންގާފައި ނުވާނެ ކަމަށެވެ.
މިއީ ޖޫން 2022، ގައި އެ ގައުމަށް އައި ބިންހެލުމަށް ފަހު އެންމެ ބޮޑު ގެއްލުމެއް ލިބުނު ބިންހެލުމެވެ. މިފަހަރުގެ ބިންހެލުން އައީ ޕާކިސްތާނުގެ ހައިބަރު ޕްރޮވިންސާ ބޯޑަރު ހިއްސާކުރާ ސަރަހައްދުތަކަށެވެ.
އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 600 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 600 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ