ޑަޗް ގްރޯން ޕްރީގެ އެއް ވަނަ ޕިއާސްޓްރީ އަށް ޑަޗް ގްރޯން ޕްރީގެ އެއް ވަނަ ޕިއާސްޓްރީ އަށް

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 1) - މި އަހަރުގެ ޑަޗް ގްރޭންޑް ޕްރީގެ އެއް ވަނަ މެކްލާރެންގެ އޮސްކާ ޕިއަސްޓްރީ ހޯދައިފި އެވެ.
ނެދަލެންޑްގެ ޒެންޑްވޯޓްގައި ކުރިއަށް ދިޔަ މި ރޭހުގައި ޕިއަސްޓްރީ ވަނީ ފާހަގަކޮށްލެވޭ ރޭހެއް ޖަހައި، މެކްލާރެންއަށް އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދައިދީ، ފޯމިއުލާ 1 ޗެމްޕިއަންޝިޕްގެ ލީޑް އިތުރުކޮށްފަ އެވެ.
ޕޯލް ޕޮޒިޝަނުން ފެށި އޮސްޓްރޭލިއާގެ ޑްރައިވަރު ވަނީ މުޅި ރޭހުގައި ވެސް އެއް ވަނައިގައި އޮވެ، ފުރިހަމަ ރޭހެއް ނިންމާލައިފަ އެވެ. މިއީ، ޕިއަސްޓްރީގެ މި ސީޒަންގެ ހަތް ވަނަ ކާމިޔާބީ އެވެ. އަދި، މިހާރު ޑްރައިވަރުންގެ ރޭންކިން ތާވަލުގައި 34 ޕޮއިންޓްގެ ލީޑެއް އޭނާ ވަނީ ހޯދައިފަ އެވެ.
ރޭހުގެ ދެވަނަ ހޯދާފައި ވަނީ ރެޑްބުލްގެ މެކްސް ވަސްޓަޕެން އެވެ. ޒުވާން ފްރެންޗް ޑްރައިވަރު އިސާކް ހަޖާ ވަނީ ރޭސިން ބުލްސް އަށް އޭނާގެ ފުރަތަމަ ފޯމިއުލާ 1 ޕޯޑިއަމް ހޯދައިދީ ބެލުންތެރިންނާއި ޓީމުގެ ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމެއް ގެނުވައިދީފަ އެވެ.
ޗެމްޕިއަންޝިޕްގައި ޕިއަސްޓްރީއާ އެންމެ ކައިރިން ވާދަކުރާ ލޭންޑޯ ނޮރިސް ރޭހުގެ ގިނަ ވަގުތު ދެ ވަނައިގައި ދުއްވަމުން ދިޔަ ނަމަވެސް، ރޭސް ނިމުމާ ކައިރިވެފައި ވަނިކޮށް އޭނާގެ ކާރުގެ އިންޖީނުގެ މައްސަލައެއް ދިމާވެ ރޭހުން ވަކިވާން ޖެހުނެވެ. މިއީ، ނޮރިސް އަށް ލިބުނު ބޮޑު ނާކާމިޔާބީ އެކެވެ. އަދި، މީގެ ސަބަބުން ޓައިޓަލް އަށް ކުރަމުންދާ ހަނގުރާމައިގަ ޕިއަސްޓްރީ އަށް އޮތް ފުރުސަތު އިތުރަށް ބޮޑުވެގެން ދިޔަ އެވެ.
މެކްލާރެން އަދި ޕިއަސްޓްރީގެ މި މޮޅާ އެކު, މެކްލާރެން މިހާރު ވަނީ ޓީމުތަކުގެ ތާވަލުގެ އެއް ވަނައިގަ އެވެ. ޑަޗް ގްރޭންޑް ޕްރީގެ ނަތީޖާ އަށް ފަހު މެކްލާރެން އަށް ޖުމްލަ 584 ޕޮއިންޓް ލިބިފައިވެ އެވެ. ދެ ވަނައިގައި 260 ޕޮއިންޓާ އެކު ފެރާރީ އޮތްއިރު, 248 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ މަސެޑީޒް ބެންޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ