އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު'ގައި އައްޑޫން ހައްޔަރު ކުރި ފަސް މީހުންގެ ވަނަވަރު ހާމަކޮށްްފި އެވެ.
ވީ ކިހިނެއް؟ - އެ އޮޕަރޭޝަނުގައި އައްޑޫން ހައްޔަރު ކުރީ، ފުލުހުން ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެކެވެ.
ތަފްސީލް - މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:
އަލީ ނަދީމް، 30، ކޮންމުލި/ސ. ހިތަދޫ
ހާފިޒު ފައުޒީ، 31، ފަލާހް/ސ. ހިތަދޫ
އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ/ ސ. ހިތަދޫ
ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ/ސ. ހިތަދޫ
އަމީން މުހައްމަދު، 23، ކެކުރިމާގެ/ސ. ހިތަދޫ
ފުލުހުން ބުނީ މި ނެޓްވޯކުގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް މިދިޔަ މާޗު މަހުން ފެށިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން:
 މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ވަނީ ހޯދިފައި
 ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޒު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ