އެމްޑީޕީއަށް ނުވި، ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ އަޅުއްވާނެ ކަމަށް އަނެއްކާ ވެސް ރައީސް ވިދާޅުވެއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ވައުދުވެވަޑައިގެންނެވި ގޮތަށް, ތ. ވޭމަންޑުއާއި އެ އަތޮޅު ކިނބިދޫ އެ ވެރިކަމުގައި ގުޅާލެވިފައި ނުވާއިރު, އަނެއްކާވެސް އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ. އެއް ފަޅެއްގެ ތެރޭގައި އޮންނަ ވޭމަންޑު އާއި ކިނބިދޫ, ހިއްކައިގެން ހަދާ މަގަކުން ގުޅާލުމަކީ ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެ މަސައްކަތް ފަށާނެ ކަމަށް ބުނެ އެ ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. https://www.sun.mv/176167 ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ކިނބިދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެ ޕްރޮޖެކްޓް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ ފަހުން އެއް އަހަރަށް ވުރެން ގިނަ ދުވަސްވީ ނަމަވެސް މިހާތަނަށް އެ ޕްރޮޖެކްޓް މި ސަރުކާރުގައި ވެސް އަދި ފެށިފައެއް ނުވެއެވެ. މިހާރު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން, ކިނބިދޫ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އަނެއްކާ ވެސް ވަނީ އެ ޕްރޮޖެކްޓް ނިންމަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް މިއަދު ވިދާޅުވީ ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫއު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށް ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. "މި މަޝްރޫއަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއެއް. މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްގީ އެއް ފަސްކުރުމުގެ މަޝްރޫއުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މުހިއްމު ސަރަޙައްދެއް," ރައީސް ވިދާޅުވިއެވެ. https://www.sun.mv/188446 ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއު ފަދަ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއެކު އެކަން ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ރައީސް ވަނީ ވައުދުފުޅާ އެއްގޮތަށް، އެ އަތޮޅު މަޑިފުއްޓާއި ދިޔަމިގިލި ކޯޒްވޭ ހަގީގަތަކަށް ހައްދައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް އޭރު ވިދާޅުވީ ކޯޒްވޭއަށް އޮތް ގޮންޖެހުމަކީ ކޯޒްވޭ އަޅާ މަގުގައި 'އެލާ' ނަމަކަށް ކިޔާ ފަޅު ރަށެއް އޮތުންކަމަށެވެ. އެއީ މީގެ ކުރިން ރިސޯޓެއް ހެދުމަށް ނިންމައިފައިވާ ރަށެކެވެ. އެ މައްސަލައަށް ހައްލު ހޯދީ، ރިސޯޓު ނާޅަން ނިންމައިގެންނެވެ. މިހާރު ރައީސްވަނީ، އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ