ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ. އެއީ 2021 ވަނަ އަހަރު އޭނާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ނަޝީދަށް އިންޒާރު ދިން މައްސަލައެކެވެ.
ސޯޝަލް މީޑިއާގެ އިތުރުން، ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެވެ.
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދެ އަހަރުގެ ހުކުމެއް އިއްވި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ ތިން އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިން މައްސަލައިގައި އޭނާއަށް އިއްވީ ފަސް އަހަރުގެ ހުކުމެކެވެ.
ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، ގައި މާލޭގެ މަޖީދީ މަގުގައި ބަޔަކު ވަނީ ބޮމެއް ގޮއްވާލައިފަ އެވެ. އެ ހާދިސާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ބޮމުގައި ހަރުކޮށްފައި ހުރި ރޭޒަރުފުށްތަކުގެ އެކި ބައިތައް ނަޝީދުގެ ހަށިކޮޅަށް ވަދެފައި ހުއްޓެވެ. އެއިން އެކަތި ނަޝީދުގެ ހިތް ކައިރިން މެޔަށް ވެސް ވަނެވެ.
ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ