މެޑްރިޑް (އޮކްޓޫބަރު 23) - އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ޓީމަކީ އާސެނަލް ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މި ސީޒަނުގައި އެތުލެޓިކޯ އިން ވަނީ ޗެމްޕިއަންސް ލީގުގައި އާސެނަލާއި ލިވަޕޫލާ ދެކޮޅަށް، އަދި، ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެފަ އެވެ.
އެ ގޮތުން، ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ، 3-2 އިން ލިވަޕޫލް އަތުން ބަލިވިއިރު، އާސެނަލް އަތުން ބަލިވީ 4-0 އިންނެވެ. އަދި، ރެއާލް މެޑްރިޑް އަތުން އެތުލެޓިކޯ ވަނީ 5-2 އިން މޮޅުވެފަ އެވެ.
އާސެނަލް ދަނޑުގައި އެތުލެޓިކޯ ބަލިކުރި މެޗުގައި ހުރިހާ ގޯލެއް ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ސިމިއޯނީ ބުނީ، އާސެނަލްގެ މުޅި ޓީމު ވެސް ފެނުނީ އެއް ލެވަލެއްގައި ރަނގަޅު ކުޅުމެއް ދެއްކިތަން ކަމަށެވެ.
"ތެދެއް، އަހަރެން ބުނާނީ މި ޓީމަކީ (އާސެނަލް އަކީ) މި ސީޒަނުގައި އަހަރެމެންނާ ދެކޮޅަށް ކުޅުނު އެންމެ ވަރުގަދަ ޓީމު ކަމަށް. ވަރަށް ފުރިހަމަ އަށް ވާދަކުރޭ މުޅި ޕިޗަށް ބެލިޔަސް އެ މީހުން ވަރަށް ރަނގަޅަށް ހުރިހާ ދިމާލަކަށް ދުވެ، ރަނގަޅަށް މަސައްކަތް ކުރޭ،" އާސެނަލް މެޗާ ބެހޭގޮތުން، ސިމިއޯނީ ބުންޏެވެ.
އޭނާ ބުނީ، އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯ ބަލިވި ކަމުގައި ވިޔަސް، އެ މެޗުގައި އެ ފެނިގެންދިޔަ ކަންކަމަށް ބަލައިގެން ސީޒަނުގެ ބާކީބައިގައި ކުޅޭ ޕްރެޝަރު މެޗުތަކުގައި ނަތީޖާ ނެރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މިހާތަނަށް މި ސީޒަނުގައި ކުޅުނު އެންމެ ވަރުގަދަ ޓީމަކީ އާސެނަލް: ސިމިއޯނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު އެންމެ ވަރުގަދަ ޓީމަކީ އާސެނަލް: ސިމިއޯނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ