އައްޑޫގައި މަރުވި ދެމަފިރިންގެ ޖަނާޒާ މާދަމާ
އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮއްވައި އިއްޔެ ފެނުނު ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވާން ނިންމައިފިއެވެ. ހިތަދޫގެ ޓޫރިޒަމް ޒޯންގައި ހުންނަ ގެއަކުން މަރުވެފައި އޮއްވައި ފެނުނީ ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) ކަމަށެވެ. އިއްޔެ ފުލުހުން ވަނީ އެ މައްސަލައިގައި އެހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާ ކަމަށް ބުނެފައެވެ. އެ ދެ މީހުންގެ ޖަނާޒާ ބާއްވާނެކަން މިރޭ 'ކަށުނަމާދު ޕޭޖު'ގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން ހިތަދޫގެ، މަސްޖިދުލްތަގުވާގައި ހުކުރު ނަމާދަށް ފަހު އެ ދެމަފިރިންގެ ކަށުނަމާދު ކުރާނެކަން ވަނީ ހާމަކޮށްފައެވެ. މަރުވި ދެމަފިރިންގެ ތެރެއިން، އިބްރާހީމް އަބްދުﷲއަކީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ ބޮޑުބޭބެއެވެ. https://sun.mv/213042 އެ ދެމަފިރިން މަރުވެފައި އޮއްވައި އެންމެ ފުރަތަމަ ފެނުނު މީހުންނާ ހަވާލާދީ ލީވާން 'އަދަދު' ނޫހުގައި ލިޔެފައިވާ ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ އެ ގޭގައި ބަހައްޓާފައި ހުރި ޖެނެރޭޓަރުން ކުރި ދުމުގެ އަސަރުންނެވެ. އެ ދެމަފިރިންގެ އާއިލާގެ އެދުމަކީ ވީ އެންމެ އަވަހަށް އެ ދެމަފިރިންގެ ކަށުކަމާކެމީގެ ކަންކަން ބާއްވައި، ވަޅުލުން ކަމަށް، ލީވާން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ