ޕީއެންއެފްގެ މަގާމުތަކަށް 55 ބޭފުޅުން ކުރިމަތިލިއިރު، ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި!

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވައި، އެ މަގާމު އެ މަނިކުފާނަށް ދޫކޮށްލައިފިއެވެ.
ޕީއެންއެފްގެ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބު ރައީސުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރަޖިސްޓެރާގެ މަގާމަށްވެސް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލްއަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި ވަނީ ނިންމާފައެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެ ޕާޓީގެ 20 މަގާމަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދުގެ ހަވީރު 6:00 އަށް ހަމަވިއިރު، 55 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށެވެ.
ޕީއެންއެފް އިން ބުނެފައިވަނީ އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ