ބަންޑުން ޖަހާލި ޑިންގީއަކުން ދެ މީހުން ސަލާމަތްކޮށްފި

ގދ. މަޑަވެއްޔާ ދިމާލު ބޭރުން ބަންޑުން ޖަހާލި ޑިންގީއަކުން ދަތުރުކުރި ދެ މީހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، މި ޑިންގީ ބަނޑުން ޖަހާލައި އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށާ އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ