ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު މަހުޒޫމާއި ޝިމަނަށް ދައުވާކޮށްފި

މިދިޔަ 18 އޭޕްރީލްގައި ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.
ވީކިހިނެއް؟ - އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދު ވެސް ކުރި އެވެ. އޭގެ ފަހުގައި ދެ މީހުން ދޫކޮށްލާފައިވާއިރު ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ނިންމައި ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
ތަފްސީލް - ޕީޖީން ބުނި ގޮތުގައި، މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ:
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން
އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާ؛ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް
ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ
ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ:
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން
ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަސް
ސަބަބަކަށް ބުނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ