މަގާމާ ހަވާލުވެވަޑައިގަތްތާ ހަތަރު މަސް ދުވަހުގެ ތެރޭ ޕެރޫގެ ރައީސް މަގާމުން ދުރުކޮށްފި އެވެ. މިއީ 10 އަހަރުގެ ތެރޭ އެ ގައުމުގައި ބަދަލު ކުރި އަށް ވަނަ ލީޑަރެވެ.
ޕެރޫގެ ކޮންގްރެސް އިން ހޯސޭ ޖެރީއާ އިންތިގާލީ ރައީސްގެ މަގާމުން މި ވަކިކުރީ އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ދުވަސް ފަހުން އަދި އާންމު އިންތިހާބު ބޭއްވުމަށް ދެ މަސް ދުވަހަށް ކައިރިވެފައިވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރީ 75-24 ވޯޓުންނެވެ.
އެނާ މަގާމުން މި ވަކިކުރީ ޗައިނާގެ ވިޔަފާރިވެރިއަކާ އެކު ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ޖެރީގެ މައްސަލަ ބަލަމުންނެވެ.
ޖެރީގެ ބަދަލުގައި ވަގުތީ ރައީސަކަށް ގާނޫނު ހަދާ މަޖިލީހުގެ ވާތު ފިޔައިގެ މެމްބަރު، އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހޯސޭ މާރިއާ ބަލްކަޒާރު ވަނީ އިންތިހާބުކޮށްފަ އެވެ.
ޖެރީ،39، ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް ޑީނާ ބޮލުއާޓޭ އަޒުލުކުރުމާ ގުޅިގެންނެވެ. އަދި 2022 ވަނަ އަހަރު ޕެޑްރޯ ކަސްޓިލޯ އަޒުލު ކުރި ފަހުން ބޮލުއާޓޭ އަކީ އެގްޒެކެޓިވް ބްރާންޗްގެ އެންމެ އިސް ބޭފުޅާ އެވެ.
ޖެރީ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެއީ އެފަދަ ބައްދަލުވުންތަކެއް ނޫން ކަމަށާއި ވިޔަފާރިވެރިޔާ އޭނާގެ ކިބައިން އެއްވެސް ކަހަލަ އެހީތެރިކަމަކަށް އެދިފައި ނުވާ ކަމަށެވެ.
ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ލީމާގައި ހުންނަ ޗައިނާގެ ރެސްޓޯރެންޓެއްގަ އެވެ. އެ ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ ރައީސް އެތަނަށް ވަޑައިގަތީ ފޮރުވިގެން ހުންނަ ޒާތުގެ ހެދުމެއް ތުރުކުރައްވައިގެން ކަމަށްވާތީ އެވެ. އަދި ޖެރީ ވަނީ ޖެނުއަރީ 6 ވަނަ ދުވަހު ޗައިނާގެ ސާމާނު ވިއްކާ ފިހާރައެއްގައި ޔަންގް އާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމަށް އޭނާ ވަޑައިގަތީ އަވިއައިނެއް ތުރުކުރައްވައިގެންނެވެ. އެ ދެ ބައްދަލުވުންތައް ވެސް ރައީސްގެ ރެކޯޑްތަކުގައި ލިޔެވިފައެއް ނުވެ އެވެ.
އިންތިގާލީ ރައީސް މިދިޔަ މަހު ވަނީ އެ ބައްދަލުވުންތައް ހިނގާފައިވާ ކަމަށް އެއްބަސްވެވަޑައިގެން އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާ މެދު މައާފަށް އެދިވަޑައިގެންފަ އެވެ.
މަގާމާ ހަވާލުވިތާ 4 މަސް ދުވަހުގެ ތެރޭ ޕެރޫގެ ރައީސް ހޯސޭ ޖެރީ މަގާމުން ދުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ