ރޯދަމަހުގެ މުނާސަބަތުގައި 'ދިވެހި މޯމެންޓްސް'ގެ ނަމުގައި ދިވެހި އިންޝުއަރެންސްއިން ސޯޝަލް މީޑިއާ ކެމްޕޭނެއް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޖުމްލަ 40،000ރ.ގެ ފައިސާގެ އިނާމު ބެހުމަށް ވަނީ ނިންމާފަ އެވެ.
ތަފްސީލް - މި ކެމްޕޭނަކީ ރޯދަމަހުގެ އަޅުކަމާއި އާއިލީ ގުޅުންތަކާ އަދި ދިވެހިންގެ އާދަކާދަތަކާ ގުޅޭ އުފާވެރި ވަގުތުކޮޅުތައް އާންމުންގެ މެދުގައި ހިއްސާކުރުމަށް ހުޅުވާލި ފުރުސަތެކެވެ.
މީގެ ތެރޭގައި، ހަމަހިމޭން ނަމާދު ވަގުތުތަކާއި ރޯދަވީއްލުމުގެ ތައްޔާރީތަކާއި ހަވީރު ފިންޏަށް ބުރުޖެހުމާއި ރޭގަނޑު ރަހުމަތްތެރިންނާ އެކު ކުޅިވަރުގައި ހޭދަކުރާ ވަގުތުތައް ފަދަ ކޮންމެ ދުވަހެއްގެ ތަޖުރިބާތައް ވީޑިއޯ ނުވަތަ ފޮޓޯގެ ސިފައިގައި ހިއްސާކުރެވޭނެ އެވެ.
މި މުބާރާތް ކުރިއަށްދާނީ:
ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައި
ކޮންމެ ޕްލެޓްފޯމަކުން އެންމެ މޮޅު އެއް ބައިވެރިއަކު ހޮވައި ހޮވޭ ކޮންމެ މީހަކަށް 10،000ރ.ގެ އިނާމެއް ދޭނެ
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގައި ދިވެހި އިންޝުއަރެންސްއިން ގެންގުޅޭނީ ދެފުށް ފެންނަ އުސޫލެކެވެ. އެގޮތުން ޕޮއިންޓް ދޭނީ:
އާންމުންގެ ތަރުހީބަށް (ވިއުސް، ލައިކްސް އަދި ޝެއާސް އަށް ބަލައިގެން) - %70
ދިވެހި އިންޝުއަރެންސްގެ ފަނޑިޔާރުންގެ ޕެނަލަކުން (އުފެއްދުންތެރިކަމާއި ފެންވަރާއި ރޯދަމަހުގެ އަސްލު ރޫހު ދައްކުވައިދޭ މިންވަރަށް ބަލައިގެން) - %30
ކުޑަ އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ނަސީބުވެރި ހަތަރު ފަރާތް ހޮވައި އިއުލާނުކުރާނީ 25 މާޗުގައި
ބުނީ ކީކޭ؟ - ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވީ، ރޯދަމަހަކީ އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، ބަރަކާތްތެރި ވަގުތުތަކެއް ހޭދަކުރާ މަހެއް ކަމަށެވެ. އެހެންކަމުން، 'ދިވެހި މޯމެންޓްސް' މެދުވެރިކޮށް އާންމުންގެ ފަރާތުން ރޯދަމަހުގެ ތަފާތު އަދި ރީތި މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި އިންޝުއަރެންސްއިން 40،000ރ.ގެ އިނާމާ އެކު 'ދިވެހި މޯމެންޓްސް' ރޯދަ ކެމްޕޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ