ވަގުތު މީޑިއާއަށް އދ.ދިގުރަށު ކައުންސިލުން ބިރުދެއްކި ކަމަށް ބުނާ ވާހަކަ އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
ވަގުުތުގެ ފަރާތުން ރާއްޖޭގެ އެކި ކަންކުޅުތަކުގައި ކުރިއަށްގެންދާ ސާވޭއެއްގައި އެ މީޑިއާއިން މިއަދު ވަނީ، ދިގުރަށަށް ޒިޔާރަތްކޮށް ސާވޭގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިކަމާ ގުޅޭގޮތުން ވަގުތުން ބުނެފައިވަނީ ސާވޭގެ މަސައްކަތްތަކަށް ދިގުރަށު ކައުންސިލުން ހުރަސް އަޅާފައިވާކަމަށެވެ. އެގޮތުން ވަގުތުގެ މުއައްޒަފުންނަށް ބިރުދަށްކައި އެކިއެކި އިންޒާރުތައްދީ ރަށުން ފޭބުމަށް އަންގާފައިވާކަމަށް ވަގުތުން ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލާގައި ކަންހިނގައި ދިޔަގޮތް ސާފްކުރުމަށް ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާނަށް ގުޅާލުމުން އޭނާ ވަނީ ވަގުތުން ބައެއް ވާހަކަތަށް ބޮޑުކޮށް ގެނެސްދީފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވަގުތު ޓީމްގެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ ބައެއް ރައްޔިތުންގެ ފަރާތުން ކަމަށެވެ. އެގޮތުން ބައެއް މީހުންގެ ހުއްދަ ނެތި ވަގުތުން ފޮޓޯނެގުމާއި އެކަހަލަ ބައެއް ކަންކަން އުސްމާން ފާހަގަކުރެއްވިއެވެ. ކައުންސިލުން ނިކުމެ މުއާމަލާތްކުރީ ރައްޔިތުންގެ ފަރާތުން ޝަކުވާ އައުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަގުތުގެ ޓީމުގެ މަސައްކަތްތަކަށް ހުރަސްއެޅިކަމަށް ބުނާ ކައުންސިލްގެ ރައީސް އުސްމާން އަދި މެމްބަރު އައުޝަތު... ފޮޓޯ: ވޮއިސް
ވަގުތުގެ ޓީމު ރަށުން ފޮނުވާލުމަށް އެންގިންތޯ ސުވާލުކުރުމުން ކައުންސިލް ރައީސް ވިދާޅުވީ، ދިގުރަށަށް އަރާ މެހެމާނުނަށް ރަށުން ފޭބުމަށް ކައުންސިލުން ނާންގާނެ ކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއްކަމަށެވެ. ނަމަވެސް ރަށަށް ސާވޭ ކުރުން ކަހަލަ ކަމެއް ކުރަން އަންނައިރު، ރަށު ކައުންސިލަށް އަންގާފައި އޮތުމަކީ އެކަމުގައި އަމަލުކުރަންޖެހޭ ރަނގަޅު ހަމައެއްކަމަށް ޤަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ވަގުތުން ދިގުރަށަށް ގޮސްފައިވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ސާވޭއެއް ކުރުމަށެވެ. އަދި ކައުންސިލުން ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް ގޭގެއަށް ޒިޔާރަތްކޮށް ކުރަންދިޔަ ސާވޭގެ މަސައްކަތް ނިމިފައިވާކަމަށެވެ. ވަގުތުން ވަނީ މީގެ ކުރިންވެސް އެކިއެކި އިންތިހާބުތަކާ ގުޅިގެން ރަށްރަށަށްގޮސް ސާވޭގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ވަގުތުން ކުރާ ތުހުމަތުތައް ދިގުރަށު ކައުންސިލުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ