ބާސެލޯނާ (ފެބްރުއަރީ 4) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގައި ރެއާލް މެޑްރިޑް އަތުން މޮޅުވި ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ 2-1 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި، ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަލްބަސެޓޭ އިން ރެއާލް ކަޓުވާލީ ގަދަ 16 ބުރުގައި 3-2 އިން މޮޅުވެގެންނެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ރަނގަޅު ޓީމެއް ނެރެެގެން ނުކުމެ ވަނީ އަލްބަސެޓޭ އަތުން ކުރިހޯދައިފަ އެެވެ. މެޗުގައި ބާސެލޯނާ އިން ލީޑުނެގީ 39 ވަނަ މިނިޓްގަ އެވެ. މިއީ، ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ލަމީން ޔަމާލް ޖެހި ގޯލެކެވެ. މިއީ، މި ސީޒަނުގެ ސްޕެނިޝް ކަޕްގައި ޔަމާލްގެ ފުރަތަަމަ ލަަނޑެވެ. މުޅި ސީޒަނަށް ބަލާނަމަ ޔަމާލްގެ 14 ވަނަ ލަނޑެވެ.
ފުރަތަމަ ހާފު ނިންމާލިއިރު، އެއް ގޯލުގެ ލީޑެއްގައި އޮތް ބާސެލޯނާ އިން ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ އިތުރު ގޯލެއް ޖެހި އެވެ. ބާސެލޯނާ އަށް ލީޑުފުޅާކޮށްދިން ލަނޑު ޖެހީ 56 ވަނަ މިނިޓްގައި ރޮނާލްޑް އަރައުހޯ އެވެ. މިއީ، މާކަސް ރެޝްފޯޑް ނެގި ކޯނަރަކުން އަރައުހޯ ބޮލުން ޖެހި ގޯލެކެވެ.
އެކާވީސް އަހަރަށް ފަހު، އަލްބަސެޓޭ އިން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމުން މެޗު ނިމުމުގެ ކުރިން އެއް ލަނޑު ވަނީ ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 87 ވަނަ މިނިޓްގައި، އަލްބަސެޓޭގެ ޖަވީ މޮރޭނޯ މި ލަނޑު ޖެހީ، ޖޯސޭ ކާލޯސް ލާޒޯ ނެގި ހުރަހަކުންނެވެ.
ރެއާލް އަތުން މޮޅުވި އަލްބަސެޓޭ ކަޓުވާލައި ބާސެލޯނާ ސެމީ އަށް ރެއާލް އަތުން މޮޅުވި އަލްބަސެޓޭ ކަޓުވާލައި ބާސެލޯނާ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ