ކަރެކްޝަންސްގެ ފްރޮންޓް އޮފީހެއް ހުޅުމާލެ އަށް

ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލުއިގޮތެއްގައި ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.ހުޅުމާލޭ ޖަލު ސަރަހައްދުގައި ހަދާފައިވާ އެ އޮފީސް މިއަދު ހުޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ކަަރެކްޝަންސް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.ކަރެކްޝަންސްގެ ފްރަންޓް އޮފީހަކީ ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މަސައްކަތުން ބިނާކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ގައިދީންގެ ރިހެބިލިޓޭޝަން މަސައްކަތުގެ ބައެއް ކަމަށެވެ. އަލަށް ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާބެހޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޒަން އަދި ކޮމާންޑްތަކާ ހަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ، ދުވަހު އާއިލާތަކުން ގެންނަ އަންނައުނު ބަލައިގަންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ