ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ޗާޕްކުރަން މަގުފަހިކުރި މުއާމަލާތާ ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް އިސްތިއުފާދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ އިއްޔެގެ ވަގުތެއްގަ އެވެ.
އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިއަދު އެވެ. އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެ މުއާމަލާތް ކުރިއަށް ގެންދިޔުން ގަބޫލުނުކުރައްވާތީ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ވެސް ބޮންޑު މައްސަލައިގައި އިސްތިއުފާ ދިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ