މި ފަހަރުގެ މެރިން އެކްސްޕޯގައި އަލްޝާލީން ތައާރަފު ކުރަނީ ކޮން އެއްޗެއްކަން އެނގޭތަ؟ މި ފަހަރުގެ މެރިން އެކްސްޕޯގައި އަލްޝާލީން ތައާރަފު ކުރަނީ ކޮން އެއްޗެއްކަން އެނގޭތަ؟

މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި މެރިން ދާއިރާގެ އެންމެ ބޮޑު މައުރަޒު، "މޯލްޑިވްސް މެރިން އެކްސްޕޯ" ގައި، ބޯޓު ބަނުމުގެ ދާއިރާގައި ނަން ހިނގާ އަލްޝާލީ މެރިން މޯލްޑިވްސްއިން އިން އިންގިލާބީ އުފެއްދުމެއް ބާޒާރަށް ނެރެން ނިންމައިފަ އެވެ.
މިފަހަރު އަލްޝާލީން ތައާރަފު ކުރަނީ މަސްވެރިކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ލޯންޗަކާއި ހައިޑްރޯފޮއިލް އުޅަނދެކެވެ.
މިފަހަރު ތައާރަފުކުރާ މަސް ލޯންޗަކީ ދިވެހި މަސްވެރިންގެ ބޭނުންތަކަށް ބަލައި، ހަލުވި ދުވެއްޔެއްގައި ދަތުރުކުރެވޭނެހެން އަދި މަސްވެރިކަމުގެ އަމަލީ މަސައްކަތްތަކަށް އެންމެ އެކަށޭނެ ގޮތަށް ބަނދެފައިވާ އުޅަނދެކެވެ.
"މި ފަހަރު ތައާރަފުކުރަނީ، ރާޅުތަކުގެ މަތިން ދަތުރުކުރާ ހައިޑްރޯފޮއިލް ލޯންޗަކާއި މަޖާކޮށްލަން ދަތުރު ކޮށްލުމަށާއި ގޭމް ފިޝިންއަށް ހާއްސަކޮށްގެން ފަރުމާކުރެވިފައި މަސް ލޯންޗެއް،" އަލްޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން ބޭއްވި އެކްސްޕޯގައިވެސް އަލްޝާލީން ވަނީ "މެޖެލަން 32" ގެ ނަމުގައި 32 ފޫޓުގެ މަލްޓިޕާޕަސް އެކްސްކާޝަން ލޯންޗެއް ތައާރަފުކޮށް، ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ފާއިތުވި އަހަރުތަކުގައި އަލްޝާލީން ވަނީ އެންމެ ކުދި އުޅަނދުން ފެށިގެން 55 ފޫޓުގެ ސްޕީޑް ބޯޓާ ހަމައަށް ތަފާތު ސައިޒުގެ އުޅަނދުތައް ދިވެހި ބާޒާރަށް ނެރެފައެވެ.
އަލްޝާލީ މެރިން އަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް އާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މާހައުލާ ގުޅޭ މޮޅު އުފެއްދުންތައް ނެރެ، އެ ކުންފުނިން ވަނީ ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާއަތުގައި އިތުބާރު ހޯދާފައެވެ.
މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަލްޝާލީގެ ސްޓޯލުން މި އާ ލޯންޗާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ