އޭޑީކޭގެ ހިދުމަތް ފުޅާކުރަން 13 ފަންގިފިލާގެ އިތުރު އިމާރާތެއް އަޅަނީ

އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރަން ހިންގާ މަޝްރޫއުގެ ހަތަރު ފިޔަވަހީގެ މަސައްކަތް ފަށައި 13 ފަންގިފިލާގެ އިތުރު އިމާރާތެއް އަޅަން ހަވާލުކޮށްފި އެވެ.
ތަފްސީލު - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހަވާލުކުރީ ހެލްތުކެއާ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި، ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ އެވެ.
އޭޑީކޭއިން ބުނީ އާ އިމާރާތާ އެކު އެ ހޮސްޕިޓަލްގެ ޖާގަ ތަނަވަސްވެ، ވަސީލަތްތަކާއި ހިދުމަތްތައް އިތުރު ކުރެވޭނެ ކަމަށެވެ.
މިއީ އެ ހޮސްޕިޓަލުން ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އެނގުން މުހިންމު - އޭޑީކޭ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު އިއުލާންކުރީ 2010ގަ އެވެ. އޭގެ ފަހުން، 2013 އިން ފެށިގެން އެކި މަރުހަލާތަކަށް ބަހާލައިގެން އެ ހޮސްޕިޓަލަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސް، ވަސީލަތްތައް އިތުރުކޮށް، ހިދުމަތްތައް އިތުރަށް ފުޅާކޮށްފައިވެ އެވެ.
ގުޅުންހުރި - އޭޑީކޭގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އާ އިމާރާތެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން މިދިޔަ އަހަރު އެ ކުންފުނިން ހުޅުވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ