އުރީދޫން 50،000 ކަސްޓަމަރުންނަށް ޓެމޫން 100 ޑޮލަރުގެ ޑިސްކައުންޓް ދެނީ

އުރީދޫ މޯލްޑިވްސްއިން 50،000 ކަސްޓަމަރުންނަށް ޓެމޫއިން 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑަލެއް ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.މި އެއްބަސްވުމުގެ ދަށުން، އުރީދޫ އެޕް މެދުވެރިކޮށް 100ރ. ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް، ކޮންމެ މީހަކަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗަރު ބަންޑްލްއެއް ލިބޭނެ އެވެ.އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލް އުރީދޫ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ އެވެ.މި އޮފާއާ އެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި ގޭތެރެ ޒީނަތްތެރި ކުރުމާއި ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ އަދި އަތްފޯރާ ފަށުގައި ގަނެވޭނެ އެވެ.މި އޮފާއާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ."ޓެމޫއާއެކު މި ޕާޓްނާޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް،" ނިޔާޒު ވިދާޅުވި އެވެ.އުރީދޫ އިން ބުނީ ޓެމޫއާ ގުޅިގެން ހަދާފައިވާ މި ޕާޓްނާޝިޕާއެކު އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާޢްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށްވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ބާރުދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ