މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) ގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެމްއެސްޑީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ނޫރްބާން ފަހުމީ އައްޔަންކޮށްފި އެވެ.
އެމްއެސްޑީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ އިތުރުން، އެމްއެސްއީގެ ޗީފް ސްޓްރެޓަޖީ އޮފިސަރަކަށާއި ދެ ކުންފުނީގެ ބޯޑަށް ވެސް ނޫރްބާން ވަނީ އައްޔަންކޮށްފަ އެވެ. މި ބަދަލުތައް ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
އެމްއެސްޑީ އާއި އެމްއެސްއީގެ ބޯޑުން މި ބަދަލުތައް ގެނައީ، އިދާރީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުން ހަރުދަނާކޮށް، ސްޓްރެޓަޖިކް އަމާޒުތަކުގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވެދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް މި ބަދަލުތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ނޫރްބާން ވަނީ މި ދެ ތަނުގައި ވޭތުވި ހަތް އަހަރުގެ ތެރޭގައި ގިނަ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގެ ތެރޭގައި ސީއޯއޯ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނި ސެކެޓްރީގެ މަގާމުގެ ހިމެނެ އެވެ. އޭގެ ކުރިން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ކައުންސެލްގެ މަގާމު ފުރުއްވާފަ އެވެ.
ގާނޫނީ އަދި ޕަބްލިކް މެނޭޖްމަންޓު ދާއިރާއިން މަތީ ތައުމީލް ހާސިލުކުރައްވާފައިވާ ނޫރްބާން ވަނީ ގާނޫނީ ދާއިރާއިންނާއި ހިންގުމުގެ ދާއިރާގައި އެހެން ގިނަ މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ އަދި އެމްޑީއަކަަށް ނޫރްބާން ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ އަދި އެމްޑީއަކަަށް ނޫރްބާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ