މާލޭގައި ގެއެއްގައި ރޯވެއްޖެ

މާލޭގައި ގެއެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ސައިރިކްސް ކޮލެޖު ކައިރީ ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
މާލޭގައި ގެއެއްގައި ރޯވުން -- ފޮޓޯ: ވޮއިސް
އެ ސަރަހައްދުގައި ހުރި ވޮއިސްގެ ރިޕޯޓަރު ބުނީ ބޮޑު ސަރަހައްދެއް ބަންދުކޮށްފައި އޮތުމުން ރޯވީ ކޮން ގެއެއްގައި ކަން ނޭންގޭ ކަމަށެވެ.
އެ ސަރަހައްދުގައި ދުން ބޯވެފައިވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ