މި އަހަރު ކޯޓުތަކުގެ ބެކްލޮގް ފިލުވަން އަމާޒު ހިފައި، ޓާސްކްފޯހެއް ހަދަނީ

މި އަހަރު ކޯޓުތަކުގެ ބެކްލޮގު ފިލުވުމުގެ އަމާޒުގައި، އަންނަ އަންގާރަ ދުވަހު ޓާސްކްފޯހެއް އެކުލަވާލާނެކަން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ހާމަކުރައްވައިފިއެވެ. ޤަޟާއީ އަހަރު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހެދި، ޝަރުއީ ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް ނުނިމި ހުރި މައްސަލަތައް އެބަހުރި ކަމަށެވެ. މިދިޔަ އަހަރު ނިމުނުއިރު، ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިހުރި 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގުގައި އެބަހުރިކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެހެންވެ، މި އަހަރު ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ، ޚާއްސަ މަސައްކަތްތަކެއް ކޮށްގެން އެ މައްސަލަތައް އަވަހަށް ނިންމުން ކަމަށް ޣަނީ ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު ޣަނީއާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް އެ ކަން ހާސިލުކުރުމުގެ މަސައްކަތް ކުރާނީ، މި އަހަރު ކޯޓުތަކުގައި އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21،000އަށް ވުރެ ގިނަ މައްސަލަ މަޑުޖެހުމެއް ނެތި ކުރިއަށްދާ ގޮތަށްކަން ޣަނީ ފާހަގަކުރެއްވިއެވެ. ލަސްވެފައިވާ އިންސާފު ނުވަތަ ކޯޓުތަކުގެ ބެކްލޮގު މަސައްކަތް ވިލަރެސް ކުރުމަށް ވަކި ޚާއްސަ ޓާސްކްފޯހެއް 10 ފެބްރުއަރީ 2026ގައި [އަންނަ އަންގާރަ ދުވަހު] އެކުލަވާލެވޭނެއުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ބެކްލޮގުގައި ހުރި ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު އެ މައްސަލަ ހަވާލުކޮށްފައިވާ މެޖިސްޓްރޭޓު ގާޒީ، ފަނޑިޔާރު ކައިރީ އަހައިގެން ސާފުކޮށް، މައްސަލަ ކުރިއަށް ގެންދަން މަގުފަހުކޮށްދޭނެއެވެ. އޭގެތެރެއިން، މައްސަލައެއް ނުނިމި ލަސްވެފައި އޮތީ، ދައުލަތުގެ އެއްވެސް އިދާރާއަކުން އެހީތެރިކަމެއް ނުލިބިގެން ކަމަށްވާނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެވޭނެ ކަމަށް ޣަނީ ވިދާޅުވިއެވެ. ޤަޟާއީ އަހަރު ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވާއިރު، އުއްތަމަ ފަނޑިޔާރު އެމަނިކުފާނުގެ އަރިހުގައި: މި އަހަރު ކޯޓުތަކުގެ ބެކްލޮގް ފިލުވަން އަމާޒު ހިފައި، ޓާސްކްފޯހެއް ހަދަނީ ---- ފޮޓޯ/ ރައީސް އޮފީސް ކޯޓުތަކުގެ ބެކްލޮގު ފިލުވުމަށް ކުރާ ކޮންމެ މަސައްކަތަކާއި ކޮންމެ އީމެއިލަކާއި ފޯނުކޯލުތައް ވަކިން ލޮގުކޮށް، ބެލެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މި މަސައްކަތުގެ ތެރެއިން، ޝަރީއަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުން ނުވަތަ ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ލިބޭނެކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެންގެ އަމާޒަކީ، 2026 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާއަކީ އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ ޒިންމާދާރު ދާއިރާއަކަށް ހެދުންއުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު https://sun.mv/216328 އުއްތަމަ ފަނޑިޔާރު އެފަދައިން ވިދާޅުވިއިރު، ވާނުވާ ބަންދުގެ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ، މި އަހަރު ނިމޭއިރު ހައްލުވާނެ ކަމަށް ކްރިމިނަލް ކޯޓުން ވެސް ވަނީ އަންދާޒާކޮށްފައެވެ. އޭގެއިތުރުން، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ