ވަގު ސެޓްފިކެޓް މައްސަލާގައި އިންޑިއާ ފުލުހުން ހޯދާ މީހާ އުޅެނީ ކަލާފާނު ޓީޗަރަކަށް!

ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހާ ރާއްޖޭގައި އުޅެނީ ކަލާފާނު ސްކޫލުގެ ޓީޗަރަކަށް ކަން އެނގިއްޖެ އެވެ.
ފޭކް ސެޓްފިކެޓެއް ހަދައި، އެ ވިއްކި މައްސަލާގައި ހޯދަމުން އަންނަނީ ކެރެލާއަށް ނިސްބަތްވާ އަބިން ސީ ރާޖެވެ. އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަބިން އަކީ ކަލާފާނު ސްކޫލުގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދެމުން އަންނަ ޓީޗަރެވެ. އެކަމަކު މިއީ ސްކޫލު ބަންދު ކަމަށްވާތީ އޭނާ މިވަގުތު މާލޭގައި ނެތް ކަމަށްވެ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އިންޑިއާ ފުލުހުން އަބިން ހޯދަމުން އަންނަ ކަން ކަލާފާނު ސްކޫލަށް ވެސް އެނގުނީ މިއަދު ކަމަށެވެ.
އެކަމާ ގުޅިގެން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެ އެވެ. އެކަމަކު އެކަން މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށާއި އެއީ ތެދެއް ނަމަ، އެކަމުގައި ޓީޗަރާ މެދު ފިޔަވަޅު އަޅާނެކަން "މިހާރު"އަށް އެނގިފައިވެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި އަބިންއަކީ އެ ގައުމުގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށްވެ އެވެ.
ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތުކުރެ އެވެ.
Raajjeygai masakkaikuraa India meehaku fake degeree certificate eh ge massalaigai india in hoadhanee
The most trusted news source in the Maldives
Mihaaru
މިހާރު ފަޅާއަރައިގެން އުޅޭ މައްސަލައަކީ އޭނާއާ އެކު ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސްއަށް ފޭކް ސެޓްފިކެޓެއް ހަދައިދިން މައްސަލައެކެވެ. އެއީ ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ޑިގްރީ ސެޓްފިކެޓެކެވެ. އެކަމެއް ފަޅާއެރީ ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެހެން މީހަކު އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ.
ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު އަބިން އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ