ފުލުހުން އަބަދުވެސް ވާން ޖެހޭނީ ޤައުމާއި ރައްޔިތުން ހިމާޔަތް ކުރާ ބަޔަކަށް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
Reyga alhugandumenah fenigen dhiyaee @PoliceMv ge hageegee zimma adhaakuri manzaru. Fuluhun abadhuves vaan jeheynee gaumaai rayyithun himaayai kuraa bayakah. Siyaasee nufoozun ekkibaave, qaumee zimma adhaakuraa dhemuahsasaa ah @PoliceMv adhi @MNDF_Official hadhaanan.
— Faisal Naseem (@FaisalNasym) August 29, 2018
ފައިސަލް މިހެން ވިދާޅުވެފައި ވަނީ ރޭ މާލޭގައި މީހެއްގެ ގަޔަށް ވަޅިޖެހުމަށްފަހު ފިލަން ދުވި މީހަކު ހައްޔަރުކުރުމަށް ފުލުހުންތަކެއް ކުރި މަސައްކަތަށް ތަޢުރީފް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ފައިސަލް ވިދާޅުވެފައި ވަނީ ރޭ ފެނިގެންދިޔައީ ފުލުހުންގެ ޙަޤީޤީ ޒިންމާ އަދާކުރި މަންޒަރު ކަމަށާއި، ފުލުހުން އަބަދުވެސް ވާން ޖެހޭނީ ޤައުމާއި ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށް ކަމަށެވެ.
"ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤައުމީ ޒިންމާ އަދާކުރާ ދެ މުއައްސަސާ އަށް (ފުލުހުންނާއި ސިފައިން) ހަދާނަން"، ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ފައިސަލް ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ވަނީ ކ. ދިއްފުށްޓާއި، ހުރާ، ހިންމަފުށި އަދި ތުލުސްދޫ އަށް ވަޑައިގެންފަ އެވެ.
ފުލުހުން ވާން ޖެހޭނީ ރައްޔިތުން ހިމާޔަތްކުރާ ބަޔަކަށް: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ