އަންނަ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި އެބަދަލުގެންނަން ރައްޔިތުން ތައްޔާރަށް ތިބި ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާއި ބައްދަލުކުރެއްވުމަށް އިއްޔެ ހަވީރު ކޮލޮމްބޯގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޮޅުވާލާ މަކަރު ހަދާފާނެ ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު އިތުބާރެއް ރައްޔިތުންނަށް ކުރައްވާ ކަމަށެވެ.
އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ކަންތައްތަކުން ކަންބޮޑު ކަން ހުރި ނަމަވެސް ރައްޔިތުންނަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި އެބަދަލަށް ރައްޔިތުން ތައްޔާރަށް ތިބި ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
"ކަންކަންދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތް. އެކަމަކު ރައްޔިތުންނަށް އިތުބާރު އެބައޮތް،" ވޯޓުގެ ކަންކަން ދާ ގޮތަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުން ވެގެން ކަމަށާއި އެ ބަދަލު ގެންނަން ތައްޔާރު ވެގެން ކަމަށެވެ.
އިބޫ މިިފަދަ މޭރުމަކުން ރޭ ވަހަކަ ދައްކަވާފައިވާއިރު, މީގެ ކުރިންވެސް އިބޫ އަދި އިދިކޮޅު އެހެނިހެން ބޭބޭފުޅުންވެސްވަނީ ވޯޓަށް ނުފޫޒު ފޯރުވާ ވޯޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ބައެއް މައުލޫމާތުތައް ވެރިކަން ކުރާ ޕީޕީއެމަށް ލީކުވި ކަމަށް ބުނާ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯއިން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެ އެބަދަލު ގެންނަން ތައްޔާރަށް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ