ވޯޓް ގަޑުބަޑުކޮށް އޮޅުވާލާނެ ޖާގައެއް ރައްޔިތުން ނުދޭނެ - އަލީ ވަހީދު

ދުނިޔެއިންވެސް އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާބު ކުރާނެކަމަށާއި، ވޯޓު ގަޑުބަޑުކޮށް އޮޅުވާލާނެ ޖާގައެއް ދިވެހިން ނުދޭނެކަމަށް ޖުމްހޫރީޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ދައުރުގެތެރެއިން އެކިއެކި އަނިޔާވެރިކަމުގެ އުކުޅުތައް ހަދައިގެން ދެމިގަތަސް، ދައުރު ނިމޭއިރު އިންތިޚާބުން ބަލިވީމަ ޤާނޫނާއި ޚިލާފަށް ވެރިކަން ދަމަހައްޓަން ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ.
"މިއީ މި ވެރިކަން ބަދަލުކުރަންޖެހޭ ވަގުތު ވޯޓުން ކަންކަން ނިންމަންޖެހޭ ވަގުތު، ދިވެހި ފުލުހުންނާއި ސިފައިން ވެސް ޑިސިޝަން ނަގާނެ، ޤާނޫނުއަސާސީ އާއި އިސްލާމްދީނުގެ ދިފާއުގައި ފުލުހުންނާއި ސިފައިންވެސް ނިކުންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ދިވެހިން ހިކުމަތްތެރި ކަމާއި އެކު މަސައްކަތްކޮށް، ވޯޓު ލުމުގެ ހައްގު ރަނގަޅަށް އަދާކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
"ރައްޔިތުން މިގޮތަށް ކަންތަށް ނުކޮށްފި ނަމަ ކުރިއަށްވެސް ފެނިގެންދާނީ އަނިޔާވެރިކަން, ތަރަށްޤީ އަކީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްވެ އިންސާފު ލިބުން" އަލީ ވަހީދު ވިދާޅުވި އެވެ.
ރައީސް ޔާމީން އަށް އިޝާރަތް ކުރައްވާ އަލީ ވަހީދު ވިދާޅުވީ އެޑްވާންސްކޮށް ވައްކަންކުރާނެކަމަށް ބުނުމީ މޮޅުކަމެއް ނޫން ކަމަށާއި، އެއިން ދައްކުވައިދެނީ މީހާގެ ނަފުސުގެ ނިކަމެތިކަން ކަމަށެވެ.
އެޑްވާންސަށް ވައްކަން ކުރުމަކީ މައްސަލައެއް ނޫންތާއޭ ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ލަންކާގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިސަރުކާރުން އެޑްވާންސަށްވެސް ވައްކަންކޮށްފައިވާ ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ