ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ސިނަމާލެ ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
Bridge ge milkuverinnakee dhivehi rayyithun. Loan aai dharanyyah zinmaa vaanee dhivehi rayyithun. Mirey vaguthee ufalah israaf kollaaneeves dhivehi rayyithunge faisaa. Kithanme havayeh eruviyas dhivehi rayyithunnah kuri aniyaa hithakun nufilaane. Bo fenaa narudhamaa adhives neiy.
— Ali Waheed (@ali20waheed) August 30, 2018
އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ލޯނާއި ދަރަންޏަށް ޒިންމާވާނީ ދިވެހި ރައްޔިތުން ކަމަށެވެ.
އަދި މިރޭ ވަގުތީ އުފަލަށް އިސްރާފް ކޮށްލާނީވެސް ދިވެހި ރައްޔިތުންގެ ފައިސާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ކިތަންމެ ހަވަޔެއް އެރުވިޔަސް ދިވެހި ރައްޔިތުންނަށް ކުރި އަނިޔާ ހިތަކުން ނުފިލާނެ. ބޯ ފެނާއި ނަރުދަމާ އަދިވެސް ނެތް"، އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވިއިރު، ފަސް މިނިޓުގެ އުފަލަކަށް ރައްޔިތުންގެ ޖީބުން މިލިއަން ޑޮލަރު އަންދާލުމަކީ ބޮޑު އިސްރާފެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ހިތާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސިނަމާލެ ބްރިޖަށް އިޝާރާތްކުރައްވައި ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސް މިނިޓަށްޓަކައި މިލިއަނެއްހާ ޑޮލަރު އަންދާލާއިރު އެފައިސާ ހިތާދޫއަށް ހޭދަކުރިޔަސް ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދެވޭނެ ކަމަށެވެ.
ބްރިޖުގެ މިލްކުވެރިންނަކީ ރައްޔިތުން – އަލީ ވަޙީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ