ވަޅުއީދު ދުވަހު ހަވީރު ވެހިކަލް ނުދުއްވޭނެ : އޭދަފުށި ކައުންސިލް

އަންނަ ވަޅުއީދު ދުވަހު (10 ޖުލައި 2022) ހަވީރު އޭދަފުށީގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ނުދުއްވޭނެ ކަމަށް އޭދަފުށީ ކައުންސިލުން އަންގައިފިއެވެ.
ކައުންސިލުން އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަޟްހާ އީދުގެ މުނާސަބަތުގައި 10 ޖުލައި 2022 ވާ އާދިއްތަ ދުވަހު ހަވީރު 4 އިން ފެށިގެން 6 އާއި ދެމެދު ފައިމަގުގައި އުޅެން ހަމަޖައްސާފައިވާތީ އެގަޑީގައި އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. މީގެ ތެރޭގައި އިންޖީނު ނުދާ ދުއްވާ ވެހިކަލްވެސް ހިމެނޭ ކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.
އަޟްހާ އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރަކީ ހިނގާފައި އުޅޭ ވަގުތު ކޮޅެއްގެ ގޮތުގައި  މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށުން ވެސް ވަނީ ހަމަޖައްސާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ