މޫސުން: ބ. އާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފި

ބ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އާއި ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ ވައިޓް އެލާރޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ, މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ބ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވެ، ކޮޅިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ބ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް އަންގާރަ ދުވަހުގެ 11:45 އިން ފެށިގެން 17:00 އާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާރޓް ނެރެފައެވެ. 
ALERT WHITE
INFORMATION:
Heavy rain and thunderstorms with gust winds of 45 mph expected.
Area: Between Baa and Thaa Atoll.
Period: 17/1145 - 17/1700 hrs.
ISSUED: 1120 hrs 17 July 2018.
-MetService-
 
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލުގެ ބާރު މިނުގައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 
މީގެއިތުރުން މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 
މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ވަނީ 11:00 އިން ހަވީރު 5:00 އަށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މި ދުވަސްވަރަކީ މޫސުމް ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ