ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ނިންމާ އިޖްރާއީ ނިންމުންތައް އިސްތިއުނާފް ކުރެވޭނީ އެ މައްސަލައެއްގެ ހުކުމް ކުރުމުން އެ ހުކުމެއް އިސްތިއުނާފް ކުރާ ހާލަތުގައި އެކަނި ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގަކީ ކޯޓުތަކުން ނެރޭ އަމުރުތަކާއި ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމުގެ ހައްގު ކަމަށެވެ. އަދި މައްސަލަތަކުގައި ނަގާ އިޖްރާއީ ނުކުތާތަކާ މެދު ނިންމާ ނިންމުންތަކަކީ އެ މައްސަލައަކާ މެދު ހުކުމް ކުރުމުގެ ކުރިން ނިންމާ ނިންމުންތަކެއް ކަމަށްވާތީ އިޖްރާއީ ނިންމުން އިސްތިއުނާފް ކުރެވޭނީ އެ މައްސަލައެއްގެ ހުކުމް ކުރުމުން ކަމަށް އެ ސާކިއުލާގައިވެ އެވެ.
ނަމަވެސް މައްސަލަ ހުށަހަޅާފައިވާ ކޯޓަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކަމަށް ކަނޑައަޅައިފި ނަމަ އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވާ ހުރިހާ ކޯޓުތަކަށް ފޮނުވާފައިވާ އެ ސާކިއުލާގައިވެ އެވެ.
އެކި މައްސަލަތަކުގައި ނަގާ އިޖްރާއީ ނުކުތާތަކާ މެދު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުން މީގެ ކުރިން ގިނަ މައްސަލަތަކެއްގެ ޝަރީއަތް މަޑުޖައްސާލަން ޖެހި، މައްސަލަތައް ދިގުލައިގެން ގޮސްފައިވެ އެވެ.
ހުކުމް ކުރުމުގެ ކުރިން އިޖްރާއީ ނިންމުން އިސްތިއުނާފެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ