ފ. ބިލެއްދޫ ކައުންސިލާއި ލ. މާބައިދޫ އަދި މ. މުލަކު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި، ބާއްވާ ބައި އިލެކްޝަން ތަކުގެ އިންތިޚާބު މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
ބިލެއްދޫ ކައުންސިލާއި މާބައިދޫ އަދި މުލަކު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި، ބައްވާ ވޯޓްލުން މިއަދު ހެނދުނު 8:00 ޖެހި އިރު ފަށާފައިވާއިރު، ވޯޓްލުން ކުރިއަށްދަނީ އެ ރަށްރަށުގެ ސްކޫލްގަ އެވެ. މީގެ އިތުރުން މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މާލޭގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ވޯޓުލުން ތާޖުއްދީން ސުކޫލް ހޯލުގައި ވެސް ވަނީ ފަށައިފަ އެވެ.
އިލެކްޝަނުން ބުނީ މިދާއިރާތަކުގެ ބައި އިލެކްޝަންގެ ވޯޓްލުން މިއަދު ހަވީރު 4:00 ޖަހަންދެން ކުރިއަށްދާނެ ކަމަށާއި، ގަޑި ޖެހޭ ވަގުތު ވޯޓްލާން ގޮސް ތިބޭ އެންމެނަށް ވެސް ވޯޓް ލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
މިއަދު ކުރިއަށްދާ ތިން ބައިއިލެކްޝަންގެ ތެރެއިން ބިލެއްދޫ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރަނީ، އަމިއްލަ ގޮތުން ކުރިމަތލާފައިވާ ކެންޑިޑޭޓް ޝަރީފް އިދުރީސް އާއި، އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް، ރަމްޒީނާ އަފީފެވެ. މާބައިދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރަނީ، އެމްޑީޕީއިން ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބްދުﷲ ރަޝީދާއި، ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލްގެ އިތުރުން، އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް އަހުމަދު ޝުޖާއު އެވެ. މ. އަތޮޅު ކައުންސިލް، މުލަކު ދާއިރާގެ އިންތިޚާބުގައި ވާދަކުރަނީ، ޑީއާރްޕީގެ ކެންޑިޑޭޓް އާދަމް ހަސަނާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ލަތީފުގެ އިތުރުން، ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމެވެ.
ބިލެއްދޫ، މާބައިދޫ އަދި މުލަކު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓްލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ