އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ސިޓީފުޅެއް ފޮނުވައި ބައްދަލުކޮށް މަޝްވާރ ކުރަން ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ މައުމޫން ފެކްޝަން ބުނިގޮތުގައި ރައީސް މައުމޫނު ސިޔާސީ ޕާޓީތަކަށް ބައްދަލުކުރައްވަން އެދިވަޑައިގެން ސިޓީ ފުޅެއް ޕާޓީތަކަށް ފޮނުއްވާފައިވާ ކަމަށެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީގެ އިތުރުން އެމްޑީއޭ ހިމެނެ އެވެ. އެ ލިސްޓްގައި އެމްޑީޕީ ނުހިމެނެއެވެ.
އެގޮތުން ރައީސް ޔާމީންގެ ކެބިނެޓުގައި ކުރިން އުޅުއްވި ބައެއް މިނިސްޓަރުންނާ ވެސް މައުމޫނު އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ. އެބޭފުޅުންނަކީ ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާއި، ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އެވެ.
ޕީޕީއެމް ތެރޭގައި ޙިޔާލުތަފާތުވުން އުފެދި ޕާޓީ ވަނީ ދެބަޔަކަށް ބެހިފައެވެ. އެގޮތުން ދެ ފެކްޝަން ކަމަށްވާ ރައީސް ޔާމީން އަދި މައުމޫން ފެކްޝަން ވަނީ އެ ފަރާތަކީ "އަސްލު" ޕީޕީއެމް ކަމަށް ބުނެ އަޑު އުފުލާފައެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާ ބައްދަލު ކުރަން މައުމޫން ނިންމަވާއިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ