އިންޓަ ސްކޫލް ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު ފަށަނީ

ސްކޫލްތަކަށް އަމާޒްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓަ ސުކޫލް ކެރަމް މުބާރާތް އަންނަ މަހުގެ ދެ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، އެގާރަ ސޫކޫލަކުން ވާދާކުރާނެ ކަމަށް ބެލެވޭ "13 ވަނަ އިންޓަ ސުކޫލް ކެރަމް" މުބާރާތް މިއަހަރު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެ އުމުރު ފުރާތަކަކީ 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރަ އެވެ.
މިމުބާރާތުގައި ޓީމް، ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ސުކޫލްތަކަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހުތާރީހަކީ މާދަމަ އެވެ.
މިމުބާރާތުގެ ގުރުއަތުލުން މި މަހުގެ 30 އަށް ޝެޑިއުލް ކޮށްފައިވާ ކަމަށް ވެސް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މަޢުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ