ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކުރިއަށް ގެންދާ ސޯލްޓް ޕްރޮގްރާމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ ފައިސަލް ފައުންޑޭޝަނުންނާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އެފްއެޗް ފައުންޑޭޝަނުން ސްޕޮންސަރކޮށް އެހީވެއްޖެއެވެ.
ސޯލްޓް ޕްރޮގްރާމްގެ ނަމުގައި ކުޑަކުދިންގެ ހިޔާގައި ކުރިއަށް ގެންދާ މިޕްރޮގްރާމަކީ އެތަނުގައި ތިބި ކުދިންގެ ލީޑަރޝިޕް އިތުރުކޮށް ދިރިއުޅުމަށް ފުރިހަމައަށް ތައްޔާރުކޮށް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެހީގެ ގޮތުގައި ފައިސަލް ފައުންޑޭޝަންގެ ފަރާތުން ދީފައިވަނީ ޕްރޮގްރާމްގައި ހިމެނޭ ކުދިންނަށް އެއް މަހުގެ ފީ އެވެ.
ސޯލްޓް ޕްރޮގްރާމް އަމާޒުކޮށްގެން ހިންގަނީ ކުޑަކުދިންގެ ހިޔާގައި ތިބި 6 އަހަރާއި 18 އަހަރާއި ދެމެދު 71 ކުދިންނަށެވެ.
ސޯލްޓް ޕްރޮގްރާމަށް ފައިސަލް ނަސީމް އާއި އަހުމަދު ޝިޔާމް އެހީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ