ރައީސް މައުމޫންގެ ތާއީދު އަނބުރާ ގެންދެވުން މީ ސަރުކާރަށް ދިޔަ ބޮމެއް - އުމަރު

ރައީސް މައުމޫންގެ ތާއީދު އަނބުރާ ގެންދެވުން މީ ސަރުކާރަށް ދިޔަ ބޮމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ކަމުގައި ބުނެ، ރައީސް މައުމޫންގެ ފެކްޝަނުން ބާއްވަން އުޅުނު ބައްދަލުވުމަކަށް ފުލުހުން ހުރަސްއަޅާފައި ވަނިކޮށް، މިރޭ ރައީސް މައުމޫނާއި އެމަނިކުފާނަށް ވާގިވެރިވާ ބައެއް ފަރާތްތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ "މިޔަށް ވުރެ ބޮޑު ބޮމެއް، މި ސަރުކާރަކަށް ނާންނާނެ" ކަމަށެވެ.
އިތުރަށް އުމަރު ވިދާޅުވީ، "އަޅުގަނޑު ނަޝީދު ވެރިކަމަށް އަންނަން އެއްވެސް ހާލެއްގައި ނޭދެން" ކަމަށާއި، "އެކަމަކު ހަޤީޤަތް ވާނީ ހަޤީޤަތައް. ޕީޕީއެމް އަކީ އިންޤިލާބު ކުރާ ޕާޓީއެއް. ޑީއާރްޕީ ވެސް އެތެރެ އިންޤިލާބު ކޮށްލުމަށް ފަހު އަޅުގަނޑުމެން ޕީޕީއެމް އަށް އައީ" ކަމަށެވެ.
ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ