ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ "ޓީމް މައުމޫން" ގައި ހިމެނޭ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ރޭ ބޭރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫންގެ އިތުރުން ތިނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އާއި ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްލަތީފު މުހަންމަދު ވަނީ ރޭ ވައިބާ ގްރޫޕުން ބޭރުކޮށްފައެވެ.
"ޓީމް މައުމޫން" ގައި ހިމެނޭ އިތުރު މަޖިލިސް މެންބަރުން ވަނީ މީގެ ކުރިން ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުން ބޭރުކޮށްފައެވެ.
ސައުދުﷲ އާއި ލަތީފް ވައިބާ ގްރޫޕުން ބޭރު ކުރީ އިއްޔެ ރައީސް މައުމޫންގެ ޕީޖީ ގްރޫޕް އާއި ގުޅިވަޑައިގެންފައި ވަނިކޮށެވެ. ނަމަވެސް ލަތީފް ރޭ އަނެއްކާ ވެސް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިގެންފައިވާ ކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފައެވެ.
ޕީޕީއެމްގެ އެތެރޭގެ މަސްލަހަތު ގޯސްވެ އެންމެ ފަހުން ރޭ ރައީސް މައުމޫން ވަނީ އެމަނިކުފާނު ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއިދު އަނބުރާ ގެންދަވާފައެވެ.
މައުމޫން އާއި "ޓީމް މައުމޫން" ޕީޕީއެމްގެ ވައިބާ ގްރޫޕުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ