2018 އަކީ ދިވެހިންނަށް ގޮތް ނިންމަން ލިބޭ ފަހު ފުރުސަތަށް ވެދާނެ: އިކޮނޮމިކް މިނިސްޓަރ

އަވައްޓެރި ގައުމެއްގެ ޓީވީ ޗެނަލެއްގައި ރާއްޖޭގެ ރައްޔިތުން ނިކަމެތިކޮށް ފަޟީޙަތް ކުރި މައްސަލައިގައި ހެންވޭރު އުުތުރު ދާއިރާގެ މެންބަރ އަބްދުﷲ ޝާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ގައުމަށްޓަކާ މަގޭ މޭ އައްްޑަނައަކަށް މިނަމުގައި ޕީޕީއެމުން ރުމާލު ދޭއް ޖަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމާއި ފޮރިން މިނިސްޓަރ ކަން ކުރައްވައިގެން ހުންނެވި މެންބަރ އަބްދުﷲ ޝާހިދު، އަވައްޓެރި ގައުމެއްގެ ޓީވީ ޗެނަލެއްގައި ބޭރުގެ ޑިޕްލޮމެޓުންނާއެކު ވާހަކަ ދައްކަވަމުން ދިވެހި ރާއްޖެއަކީ ބައެއްގެ ބެކް ޔާޑު ކަމަށް ވިދާޅުވި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރަންޖެހޭނެ ކަމަށެވެ.އަދި ބޭރުގެ ގައުމުތައް ތަމްސީލުކުރަމުންދާ ބައެއްގެ ކުރިމަތީގައި ރާއްޖެ ބަދުނާމްކޮށް ދިވެހިން ވަރަށް ދަށު ދަރަޖައަށް ވައްޓާލުމަކީ ދިވެހި ރައްޔިތުންނާ ގައުމަށްޓަކާ ކުޑަވެސް ލޯތްބެއް ޝާހިދުގެ ހިތުގައި ނެތްކަން ދޭހަކޮށްދިން ކަމެއް ކަމަށް ވިދާޅުވެ އަބްދުﷲ ޝާހިދަށް ސިޔާސީ އެއްވެސް ޕާޓީއަކުން ޖާގަ ނުދިނުމަށް މިނިސްޓަރ ސައީދު ގޮވާލެއްވިއެވެ.މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ގައުމެއް ކަމަށާއި، ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ގޮތުން ރާއްޖެއަށް ބޭރު ގައުމުތަކުން ކަޅި އަޅަމުންދާކަމަށެވެ. 2018 ވަނަ އަހަރަކީ ދިވެހިންގެ ކަންކަމުގައި ގޮތް ނިންމަން ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށާއި އެފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިލްތިމާސްކުރެއްވިއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ފަހުގެ ތާރީޚެއްގައި ރާއްޖެ އަޅުވެތި ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ މައި އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލި ދުވަސް ކަމަށެވެ. އެގޮތުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނަން ބޯޑު ބަދަލުކޮށްލި ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަން 300 މިލިއަން ޑޮލަރަށް ގަންނަން ޖެހުނު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ހިންގި ބަޣާވާތުގެ އަޑީގައި ކުރީގެ ރައީސް މައުމޫން ހުންނެވުމަކީ ހިތާމަ ކުރައްވާކަމެއް ކަމަށެވެ. މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސް ޔާމީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ