މިއަދުވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް، މޫސުން އަންނަނީ ރަގަޅުވަމުން: މޫސުމާ ބެހޭ ގައުމީ އިދާރާ

މިއަދުގެ ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެން ނަމަވެސް ފާއިތުވެދިޔަ ދެ ދުވަހާ އަޅާ ބަލާއިރު އުދަ އަރުން ކުޑަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުވަދު އަތޮޅާއި އައްޑޫ އަތޮޅާއި ދެމެދަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އެހެން ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އާންމުގޮތެއްގައި އުދަ އެރުމުގެ ފުރުސަތު ބޮޑީ ކުރިންވެސް އުދައަރާ ރަށްތަކަށް ކަމަށާއި މޫސުން ގޯސްވާ ދަނޑިވަޅުތަކުގައި އުދައެރުން ކުރިމަތިވަނީ އާންމުގޮތެއްގައިވެސް އުދައަރާ ރަށްތަކަށް ކަމަށެވެ. އަދި އެފަދަ ރަށްރަށުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިޔަވަރު އެންމެ ބޮޑުވާނޭ ކަމަށް ލަފާކުރަނީ އުތުރުއަތޮޅުތަކުގައި 03:42 ގައާއި 18:13 ދެމެދުގެ ވަގުތުތަކުގައި ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މެދުރާއްޖޭގެ އަތޮޅުތަކުގައި 04:50 ގައާއި 19:10 ދެމެދުގެ ވަގުތު ތަކުގައި ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރާއިރު ދެކުނު އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ 06:10 ގައާއި 20:38 ދެމެދުގެ ވަގުތުތަކުގައެވެ.
މިފާއިތުވެދިޔަ ދެ ދުވަހު ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކަށް އުދައިގެ އަސަރުވަނީ ކޮށްފައެވެ. އެގޮތުން ފުވައްމުލަކު ސިޓީ އާއި ތ. ތިމަރަފުއްޓާއި އެއަތޮޅު ގުރައިދޫ އާއި ކިނބިދޫ އާއި ގާދިއްފުއްޓާއި ދިޔަމިގިއްޔަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
މީގެ އިތުރުން ށ. ބިލެތްފައްސާއި އދ. ފެންފުއްޓާއި، ރ. މަޑުއްވަރީއަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ