މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން މިއަދު އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.
ޝިނާން ފުލުހުންނާއި ހަވާލުވެފައި މިވަނީ އޭނާއާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދުމަށް ފުލުހުން ދެވަނަ ފަހަރަށް މިއަދު އިއުލާނުކޮށްފިއެވެ.
ލުހުން މިއަދު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ މ އަލިމަސްވާދީ، އަބްދުﷲ ސިނާން އާއި ގއ ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަޙްމަދު އެވެ.
މީގެ ކުރިން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭވެސް ފުލުހުންވަނީ ޝިނާނާއި އިލްހާމް ހޯދުމަށް އިއުލާނު ކޮށްފައެވެ. އެފަހަރު ފުލުހުންބުނީ އެ ދެ މެމްބަރުން ހޯދަނީ ދިއްގަރު ދާއިރާހެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހަމަތާއި ގުޅިގެން ކަމުގައެވެ.
ފުރަތަމަ ދެ މެމްބަރުން ހޯދުމަށް ފުލުހުން އިއުލާނު ކުރެއްވި އިރު ދެ ބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވި ނަމަވެސް، މިމަހުގެ ހަތަރު ވަނަ ދުވަހު ދެ މެމްބަރުން ރާއްޖެ ވަޑައިގެންނެވުމުން ދެ މެމްބަރުންވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ކޯޓުން ދެ ބޭފުޅުންވެސް ދޫކޮށްލިއެވެ.
މެމްބަރު ޝިނާން ފުލުހުންނާއި ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ