މިއީ ފާއިތުވި 800 އަހަރު ތެރޭގެ އެންމެ އަނިޔާވެރި ދުވަސްވަރު: މެމްބަރު ޤަފޫރު

މިވެރިކަމަކީ ފާއިތުވި 800 އަހަރު ގެ ތެރޭގައިވެސް ރައްޔިތުންނަށް އެންމެ އަނިޔާވެރި ވެރިކަން ކަމަށާއި މިއީ މި މުއްދަތުގައި އެންމެ އަނިޔާވެރި ދުވަސްވަރުކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްމަބަރު އަބްދުލްޤަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއަށް މިމަހުގެ 24 ވަނަ ދުވަހު މަޖިލިސް މެމްބަރުން ވަދެވަޑައިގެންނެވުމަށް އުޅުއްވުމުން ސަލާމަތީ ބާރުތަކުން ކަންކުރިގޮތާއި އޭގެ ފަހުން ހިނގަމުންދާ ކަންކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ މިއަށް ވުރެ އަނިޔާވެރި ދުވަސްވަރެއް ނުދެކޭ ކަމުގައެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ރައްޔިތުންނަށް މިސަރުކާރުން ނުކުރާ އަނިޔާއެއް މިހާރު ނެތްކަމުގައެވެ. އަދި މަޖިލިސް މެމްބަރުންނަށް ކުރި އަނިޔާއިންވެސް އެކަން އެނގޭކަމަށް ގަފޫރު ވިދާޅުވިއެވެ.
24 ވަނަ ދުވަހުގެ ހާދިސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ލޮލަށް ޕެޕަރސްޕަރޭ ޖެހި ޖެހުން ޤަފޫރު ސިފަކުރެއްވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާފަދަ އަނިޔާތަކުގެ ގޮތުގައެވެ.
ގަފޫރު ވިދާޅުވީ އަނިޔާވެރިންގެ މައްޝަށް ޝަރީއަތް ކުރެވި އެމީހުން އިންސާފުގެ ކުރިމަށްޗަށް ގެންނޭނެ ކަމަށާއި އެމީހުންނަށް ހައްގު އަދަބު ލިބިގެން ދާނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ