މޫސުން ގޯސްވެ، ދެކުނު އޭޝިޔާއިން އެތައްބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް

ދެކުނު އޭޝިޔާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ސަރަހައްދުގެ ގައުމުތަކުން ސަތޭކައަށްވުރެ ގިނަމީހުން މަރުވެ، ދެ މިލިއަނަކަށްވުރެ ގިނަމީހުން ގެދޮރު ދޫކޮށް ދާން ޖެހިއްޖެއެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނޭޕާލާއި، އިންޑިއާ، ޕާކިސްތާ އަދި ބަނގްލަދޭޝްގެ އެތައް ހިސާބުތަކެއްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
މިކަމުގެ ސަބަބުން އެ ގައުމުތަކަށް ބޮޑެތި އެތައް ގެއްލުންތަކެއްވަނީ ލިބިފައެވެ.
ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެންމެ ގިނަމީހުން މަރުވެފައިވަނީ ނޭޕާލުންނެވެ. ނޭޕާލަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ އިތުރަށް ކޯރުތައް ފުރިގެން ބަންޑުން ވުމުގެ ހާދިސާތާތަކާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.
މިހާދިސާތަކުގައި ނޭޕާލުން 67 މީހުން ވަނީ މަރުވެފައި،، އެތައްބަޔަކު ގެއްލިފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނޭ ކަމުގެ ބިރު އެބައޮތް ކަމަށް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ނޭޕާލަށް މޫސުން ގޯސްވާ ދުވަސްވަރު،، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ނޭޕާލުން މިހާތަނަށް 10،000 އަށްވުރެ ގިނަމީހުން ވަނީ ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.
ޚަބަރު ލިބޭގޮތުގައި، ފެންބޮޑުވުމާ ކުރިމަތިލާން ޖެހުނު ސަރަހައްދުތަކުގެ ގިނަ ގެތައް ވަނީ ފެނުގެ ސައިލާއެކު ދަމައިގަނެގެން ގެންގޮސްފައެވެ. އެހެންކަމުން، ގެދޮރު ގެއްލިދިޔަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުވައި ދިނުމުގައި ނޭޕާލް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ އުތުރުގެ ހިމަޗާލް ސްޓޭޓުން ހަތަރު ފަންގިފިލާގެ އިމާރާތެއް ވެއްޓުމުގެ އިތުރަށް، މީހުން މަރުވުމާއި، ތަންތަނަށާއި ތަކެއްޗަށް ގެއްލުން ލިބުގެ ބޮޑެތި ހާދިސާތައްވަނީ ހިނގާފައެވެ. އިމާރާތް ވެއްޓުމުގެ ސަބަބުން 14 މީހުން މަރުވެފައިއިރު، އޭގެ ތެރެއިން 13 މީހުންނަކީ ސިފައިންކަމަށް ރިޕޯޓްތައް ބުނޭ،، އެ އިމާރާތުގެ ދަށުން ދިރިތިބި 28 މީހުން ސަލާމަތް ކޮށްފައިވާ ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ