އިންޓަ ސްކޫލް ކްރިކެޓް ލީގާއި ކްރިކެޓް ކާނިވަލް ނިންމާލައިފި

ހަވަނަ މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގާއި ކްރިކެޓް ކާނިވަލް ނިންމާލައިފި އެވެ.
އިންޓަ ސްކޫލް ކުރިކެޓް ލީގުގައި މިއަހަރު ޖުމްލަ 11 ސްކޫލަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންދިޔައީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. މިއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރު ފުރާ އެވެ.
މުބާރާތުގެ 12 އަހަރުން ދަށް ކުރިއަށް ގެންދިޔައީ ކާނިވަލެއްގެ ގޮތުގަ އެވެ. ކްރިކެޓް ކާނިވަލްގައި ޖުމްލަ 8 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނީ ވައިޑީޕީގެ ދަށުން ބޭއްވި ކްރިކެޓް ކާނިވަލަކީ ކުޑަކުދިންގެ މެދުގަައި ކްރިކެޓް ކުރިއަރުވުމުގެ މަގުސަދުގައި ބެއްވި ހަރަކާތެއް ކަމަށެވެ.
އިންޓަ ސްކޫލް ކުރިކެޓް ލީގުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދިއިރު، 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ މުހިޔިއްދީން ސްކޫލެވެ.
މިމުބާރާތުގައި ބައިވެރިވި ސްކޫލުތަކަކީ ޖަމާލުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި، ކަލާފާން ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި، މުހިޔިއްދީން ސްކޫލާއި، ތާޖުއްދީން ސުކޫލާއި، އަހުމަދިއްޔާ ސްކޫލާއި، މަޖީދިއްޔާ ސުކޫލް އަދި ޣިޔާސުއްދީން ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ